މަޖިލީހުގަ މެންބަރުން ދައްކަން ޖެހޭނީ ސާބިތު ހިފޭ ވާހަކަތަކެއް ނޫން!: އީވާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަޖިލީހުގަ މެންބަރުން ދައްކަން ޖެހޭނީ ސާބިތު ހިފޭ ވާހަކަތަކެއް ނޫން!: އީވާ

މަޖިލީހުގެ މެންބަރުން މަޖިލީހުގައި ދައްކަން ޖެހޭނީ ސާބިތު ހިފޭ ވާހަކަތައް ނޫން ކަމަށް މަޖިލީހުގެ ޤަވާއިދުގައި ފާސްކޮށްފައިވާ ކަމަށާއި މަޖިލިސް ހިނގަމުންދާ ވަގުތު މެންބަރުން ހަމަހޭގައި ތިބުމާއި ނުތިބުމަކީ ނުވަތަ އެކަން ބެލުމަކީ ނިޒާމާއި ބެހޭ މައްސަލައެއް ކަމަށް މަޖިލީހުގެ ޤަވާއިދުގައި ފާހަގަކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާހުކުރުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވީ ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ކަމަށް ވިދާޅުވެ އާދަމް ޝަރީފް މަޖިލީހުގައި ވާހަކަ ދައްކަވަން ފެށްޓެވުމުން މަކުނުދޫ ދާއިރާގެ މެންބަރު ނެންގެވި ނިޒާމީ މައްސަލަ އަކާއި ގުޅިގެންނެވެ.

މަކުނުދޫ ދާއިރާގެ މެންބަރު ވިދާޅުވީ ކޯޓުތަކުގެ މައްޗަށް ރައީސް ޔާމީނު އަތްގަދަކުރެއްވި މިންވަރު ވަރަށް ސާފުކޮށް އެނގެން އޮވެމެ އަދި އެކަންކަން ރައްޔިތުންގެ ލޯތަކަށް ފެނިފައިވާއިރު މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަން ޖެހޭނީ ޒިންމަދާރު ކަމާއިއެކު އަދި ހަަމހޭގައި ތިބެގެން ކަމަށެވެ.

މަޖިލީހުގެ ޤަވާއިދުގައި ކޮންމެ ގޮތަކަށް ފާސްކުރި ނަމަވެސް ސާބިތު ނުހިފޭ ވާހަކަތައް އެއްވެސް ތަނެއްގައި ދެއްކުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ދީނީ ޢިިލްމުވެރިން ވިދާޅުވެއެވެ.

މިއަދު އޮންލައިން