ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޢަބްދުﷲ ދީދީ ވަކިކުރަން 72 މެންބަރުންގެ ވޯޓުން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޢަބްދުﷲ ދީދީ ވަކިކުރަން 72 މެންބަރުންގެ ވޯޓުން ފާސްކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޢަބްދުﷲ ދީދީ ވަކިކުރަން ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ. ހާޒިރުވެ ތިބި 75 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ވަކި ނުކުރަން ވޯޓުދީފައެއް ނުވެއެވެ.

ވޯޓުގެ ނަތީޖާ އާއި ގުޅިގެން ރިޔާސަތުން ވަނީ ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިވެއްޖެކަމަށް އިއުލާނުކޮށްފައެވެ.

މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެފައިވަނީ ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުން އެކަނި ނުފުދޭނެ ކަމަށާއި ރާއްޖެ ގެނެސް އޭނާ ކޮށްފައިވާ ކުށްތަކުގެ މައްސަލަތައް ތަޙްޤީޤްވެސް ކުރެވެން ޖެހޭނެ ކަމަށެވެ. އެއިގެ ތެރޭގައި ރިޝްވަތު ހިފުމާއި ކޮރަޕްޝަނުގެ އަމަލުތަކާއި ރިޟްވާން ގެއްލުވާލި މީހުން ރާއްޖެއިން ފުރުވާލުމުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޢަބްދުﷲ ދީދީގެ އަނބިކަނބަލުންނަށް ވަނީ މެލޭސިޔާގައި ހުންނަ ދިވެހި އެމަބަސީގެ އިސް ސިޔާސީ މަޤާމެއްވެސް ދީފައެވެ.

ޢަބްދުﷲ ދީދީ ވަނީ ބޭސް ފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ފުރައިފައެވެ.

މިއަދު އޮންލައިން