ފެބްރުވަރީ 7 ގެ މައްސަލަ ބަލަން ޖެހޭނަމަ އަލުން މުޅި މައްސަލަ ބެލުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފެބްރުވަރީ 7 ގެ މައްސަލަ ބަލަން ޖެހޭނަމަ އަލުން މުޅި މައްސަލަ ބެލުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފި

2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހު ހިނަގައި ދިއަ ކަންކަމުގެ މައްސަލަތައް އަލުން ބަލަން ފެންނަނަމަ އެކަމުގެ ފުރިހަމަ ތަހްޤީޤެއް ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ 7 ފެބްރުވަރީގައި ހިންގައި ދިއަ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ އެއް ފަރާތްކަމަށްވާ ޕީޕީއެމްގެ ބައެއް މެންބަރުން މަޖިލީހުގައި ޝައިޚް އިމްރާނަށް މިއަދު ކުރިމަތި ކުރި ސުވާލުތަކުގެ ސަބަބުންނެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް އެދުވަސްވަރު ޝައިޚް އިމްރާން ދެއްކެވި ބައެއް ވާހަކަފުޅު އަކުރުން އަކުރަށް ހަނދާންހުރިއިރު ރައީސް ޔާމީން އެދުވަސްވަރު ދެއްކެވި އެއްވެސް ވާހަކަފުޅެއް އެނގޭ ކަމަށް މިއަދުގެ ޖަލްސާގައި ހަދާފައެއް ނުވެއެވެ.

އަދި ޕީޕީއެމްގެ ރެލީތަކުގައި މިއދާއި ހަމައަށް ދައްކަމުން އަންނަ ވާހަކަތަކެއްވެސް ހަނދާނެއް ނެތެވެ. 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމުން ފުރަތަމަ ވެސް ކުރި ކަމަކީ އެއިރު ބޭރުގެ އޮޑިޓްﷲާމެއް ލައްވައި ބަލަމުން ގެންދިއަ މަޝްހޫރު 800 މިލިއަން ޑޮލަރުގެ މައްސަލަ ބެލުން ހުއްޓުވައި އެކަމަށް ދައުލަތުން އެތައް މިލިއަން ޑޮލަރެއް ހޭދަކުރުން ކަމާއި އެކަމުން ފައިދާކުރީ ކާކަށް ކަމެއްވެސް ހަނދާނެއް ނެތެވެ.

މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤް އާއި އާދަމް ޝަރީފާއި މުޙައްމަދު ސައީދުގެ ވެސް ވާހަކަތައް ހުރީ އެފަދަ ގޮތަކަށެވެ. އެހެންކަމުން ޝައިޚް އިމްރާން ފާހަގަކުރައްވާފައި އެވަނީ އަލުން ފުރިހަމަ ތަޙްޤީޤެއްކޮށް އެކަންކަން ހިނގައިދިއަ ގޮތް ބެލުމަށެވެ.

މިއަދު އޮންލައިން