"ބުއްދި ހުރި އެންމެން ތިބީ ޖަލުގަ!"‍- ޖާބިރު, "ﷲ ޙަރާމް ކުރެއްވެވި ތަކެތި ހުއްދަކުރުމަކީ ކުރެވޭނެ ކަމެއް ނޫން!"- ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
"ބުއްދި ހުރި އެންމެން ތިބީ ޖަލުގަ!"‍- ޖާބިރު, "ﷲ ޙަރާމް ކުރެއްވެވި ތަކެތި ހުއްދަކުރުމަކީ ކުރެވޭނެ ކަމެއް ނޫން!"- ޝައިޚް އިމްރާން

މަރުޖުއާނާ ފަދަ ﷲ ޙަރާމް ކުރެއްވެވި ތަކެތި ރާއްޖޭގަ ހުއްދަކުރުމަކީ މަޖިލީހުން ވިސްނަން ޖެހޭނެ ކަމެއް ކަމަށާއި އިސްލާމް ދީނުގައި  ޙަރާމްކަމެއް، ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުން ހުއްދަ ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

 

ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދުގެ މަޖިލިސް ޖަލްސާގައި "ބޭސްފަރުވާއެއްގެ ގޮތުގައި މަރުޖުއާނާ ޢާންމުކޮށް ބޭނުންކުރުން ރާއްޖޭގައި ހުއްދަކުރައްވަން ނުވިސްނަވަންތޯ" ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. 

 

ޖާބިރު ވިދާޅުވީ މަރުޖުއާނާއަކީ ބޭސްފަރުވާއެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ވަނީ ހުއްދަކޮށްފައި ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތި ހުއްދަ ނުކުރުމުގެ ސަބަބުން ރާއްޖޭގައި ބުއްދިއެއް ހުރި މީހަކު ހުރި ނަމަ އެމީހަކު ހުރީ ޖަލުގައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. 

 

ސުވާލުގެ ޖަވާބު ޝައިޚް އިމްރާން ދެއްވަމުން ގެންދެވިއިރު މެދުކެނޑުމެއް ނެތި ޖާބިރު އަޑުގަދަކުރައްވަމުން ގެންދެވުމުން ރިޔާސަތުން ކަންބޮޑުވެގެން އުޅުއްވި މަންޒަރު ވެސް ވަނީ ފެނިފައެވެ.

މިއަދު އޮންލައިން