ހިންދޫ ދީނާ ނަޞާރާ ދީން ފަތުރާ ސަތޭކަ ނުވަ ފޮތް އަތުލައިގެންފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހިންދޫ ދީނާ ނަޞާރާ ދީން ފަތުރާ ސަތޭކަ ނުވަ ފޮތް އަތުލައިގެންފި!

ދީނީ ގޮތުން ރާއްޖޭގައި ގެންގުޅުން މަނާ، އެހްން ދީން ތަކުގެ މައުލޫމާތު ހިމެނޭ 109 ފޮތް ފިހާރައެއްގައި ހުއްޓާ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

 

ހިންދޫ ދީނާ ނަޞާރާ ދީނުގެ މައުލޫމާތުތައް ހިމެނޭ މިފޮތްތައް ވިއްކަން ބަހައްތާފައި ހުރީ ކޮން ފިހާރައެއްގައިކަން ކަސްޓަމުން ހާމަނުކުރުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. އެއީ އެ ފަދަ އަމަލުތައް ކުރާ ފިހާރަތައް އެނގިގެން ނޫނީ ރައްޔިތުންނަށް ސަމާލުކަން ދޭން ނުއެނގޭނެތީ ކަމަށް ގިނަ ބުނެއެވެ.

 

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ތަކުރާރުކޮށް ގުޅުމުން ވެސް ކަސްޓަމްސްގެ މީޑިއާ އޮފިޝަލްގެ ނަމްބަރުކަމަށް މިއަދު ނޫހަށް މައުލޫމާތު ލިބިފައިވާ ނަމްބަރުން ފޯނު ނުނަގާތީ އިތުރު މައުލޫމާތު ލިބޭނެ ގޮތް ވަނީ ނުވެފައެވެ.

 

އިސްލާމް ދީން ނޫން އެހެން ދީންތަކަށް ގޮވާލާ ފޮތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމަކީ ޤާނޫނު އަސާސީގައި މަނާކޮށްފައިވާ ކަމެކެވެ.

މިއަދު އޮންލައިން