ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލަ އެހެން ގައުމުތަކުގެ މުއައްސަސާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން: ކަސްޓަމްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލަ އެހެން ގައުމުތަކުގެ މުއައްސަސާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން: ކަސްޓަމްސް

ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލަ އެހެން ގައުމުތަކުގެ ކަސްޓަމްސް އާއި މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަހުމަދު ނުއުމާން މިއަދު ވިދާޅުވެއްޖެވެ.

އޮޅުވާލައިގެން ވަގަށް ރާއްޖެއަށް ވެހިކަލް ތަކެއް އެތެރެ ކުރި މިމައްސަލައިގައި އެއްވެސް ކަމެއް ނުބަލާ ދޫނުކޮށްލާނެ ކަމަށާއި މިމައްސަލައިގެ އެއްވެސް މައުލޫމާތެއް ސިއްރުވެސް ނުކުރާނެ ކަމަށް އަހުމަދު ނުއުމާން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާ ތެރޭގައި ކަސްޓަމްސް އިން ވަނީ ލަކުޑި ކޮންޓޭނަރެއްގެ ނަމުގައި ރާއްޖެ އެތެރެކުރި، 21 އުޅަނދެއް އަތުލައިގެންފައެވެ.

 

މިއަދު އޮންލައިން