ހަރުކަށި ފިކުރުގެ މީހުންނަކީ ﷲ ނުދެއްވަވާ މިނިވަންކަމުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހަރުކަށި ފިކުރުގެ މީހުންނަކީ ﷲ ނުދެއްވަވާ މިނިވަންކަމުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުން!: ޑރ. އިޔާޟް

ހަރުކަށި ފިކުރުގެ މީހުންނަކީ ﷲ ނުދެއްވަވާ މިނިވަންކަމުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުން ކަމަށް ޑރ. އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "އެއް ޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުންނާއި އިސްލާމް ދީން ދޫކުރާ މީހުންނަކީ މިނިވަން ފިކުރުގެ ބައެއް ކަމަށް ކަނޑައެޅިދާނެތޯ؟" މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. 

ޑރ. އިޔާމް ވިދާޅުވީ ހަރުކަށި ފިކުރަކީ ﷲ ކަނޑައަޅުއްވަވާފައިވާ އިންތައް ފަހަނައަޅައި ދާން ގޮވާލައި އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ޖަމާއަތަށް މިސްކިތަށް ދިއުމަކީ ހަރުކަށި ކަމެއް ކަމަށް ބުނާނެ ބުއްދި ހަމަޖެހޭ މީހަކު ނުހުންނާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިވަން ފިކުރުގެ މީހުން ކަނޑައެޅި ގޮތެއް ސާފު ނުވާކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ހަރުކަށި ފިކުރާއި މިނިވަން ފިކުރުގެ މީހުން ދެބައަށް ބައި އެޅުނު ކަމެވެ. މިނިވަން ފިކުރުގެ މީހުން ކަމަށް ކަނޑައެޅީ އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމަށާއި ދީނީ މިނިވަންކަމަށް ގޮވާލާ މީހުންނެވެ. ހަރުކަށިފިކުރު ކަމަށް ކަނޑައެޅީ އެކަންކަމާއި ދެކޮޅު ހަދާ މީހުންނެވެ. 

މާތް ﷲ އެއްވެސް އިންސާނަކަށް ދެއްވަވާފައި ނުވާ މިނިވަންކަމެއް އެއީ މިނިވަންކަން ކަމަށް ކަނޑައެޅީ ކޮން ގޮތަކުންކަން ހާމަ ނުކުރާތީ އެކަން ވަނީ އުޅުމެއްގެ ތެރޭގައެވެ. މުސްލިމުން ކާފަރުވުން ނުވަތަ އިސްލާމް ދީން ދޫކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ހުއްދަ މާތް ﷲ ދެއްވަވާފައި ނުވާކަން އެއީ ހުރިހާ މުސްލިމުންނަށް ވެސް އެނގޭ ކަމެކެވެ. 

ކަން މިހެން އޮތް އިރު މާތް ﷲ  ދެއްވަވާފައި ނުވާ ޙައްޤެއް އެއީ މިނިވަން ޙައްޤެއްގެ ގޮތުގައި ބަލައިގަނެވޭ ނަމަ އެއީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ބައަކު އަމިއްލައަށް ތިމަންނަމެންނަކީ މިނިވަން ފިކުރުގެ ބައަކު ކަމަށް ބުނުމުން ނުވަތަ ބައަކު އެއީ މިނިވަން ފިކުރުގެ ބައަކު ކަމަށް ބުނުމުން މާތް ﷲ ދެއްވަވާފައި ނުވާ ޙައްޤެއް ލިބިގަނެވޭނެތޯއެވެ؟

މިއަދު އޮންލައިން