"ދަރިން އެކަނި މިސްކިތަށް ނުފޮނުވަން ގޮވާ މީހުން، އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ނުކުރުމަށްވެސް ގޮވާލަންވީ ނޫންތޯ؟: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
"ދަރިން އެކަނި މިސްކިތަށް ނުފޮނުވަން ގޮވާ މީހުން، އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ނުކުރުމަށްވެސް ގޮވާލަންވީ ނޫންތޯ؟: ޑރ. އިޔާޟް

"ދަރިން އެކަނި މިސްކިތަށް ނުފޮނުވަން ގޮވާ މީހުން، އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ނުކުރުމަށްވެސް ގޮވާލަންވީ ނޫންތޯއެވެ؟ އަންހެނުން އެކަނި ދަތުރުކޮށްފައި ގޮސް ހިންގާ ގޯސް ކަންތައްތައް ނުއެނގެނީބާ؟ ނޫން ނަމަ އެނގެން ބޭނުން ނުވަނީބާ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި މަރު ބަލާ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަރިން އެކަނި ނަމާދަށް ފޮނުވުމަކީ އެކުދިން ޓެރަރިސްޓުންނަށް ބަދަލުވުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ދޭހަވާ ގޮތަށް ބުނެފައިވާތީ މިސްކިތަށް ކުދިން ނުފޮނުވަން ގޮވާލާ އަޑުން މުޅި ސޯޝަލް މީޑިއާ ގުގުމާލާފައިވާ ވަގުތެއްގައެވެ.

މިފަދަ މެސެޖުތައް ދައުކުރުވަނީ ވިސްނުމާއި އިވޭ އަޑު ވަކި ގޮތަކަށް ބައްޓަން ކުރެވިގެން ބަލައިގަނެވޭ ބައަކަށްވުމުން ސޫދު އިތުރަށް ދެއްކި އެއްވެސް ވާހަކައެއްގެ އަޑު އިވުނު ކަމަކަށް ނުވެއެވެ. ހަމަ އެބިރުވެރިކަން ސްކޫލަށް އެކަނި ދާ ދަރިވަރުންނަށް އޮތްކަން ހާމަކުރުން އެ އަޑުވެސް އިވުނު ކަމަށް ނުވެއެވެ.

 

މިއަދު އޮންލައިން