ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައިފި

ސްރީލަންކާލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައިފިއެވެ.

ބޮޑުވަޒީރު ރަނިލްގެ ތަގުރީރުގައި ވިދާޅުވީ ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުން ފެށުނީ 26 ޖުލައި 1965 ގައިކަމަށާއި އެކަމަކު އޭގެ އެތައް ގަރުނެއް ކުރިން ފެށިގެން ވެސް ލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮތް ކަމަށެވެ. އަދި ދެގައުމުގެ ގުޅުމާއި، ލަންކާގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތާއި، ދެގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. 

ރަނިލް ވަނީ ރާއްޖެއަށް އަންނަ ކުރިއެރުންތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަނު ކުރަން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާފަ އެވެ. 

އަދި ރާއްޖޭގައި ރައްޔިތުންގެ ބާރު އިއާދަކޮށް އެ ބާރު ވަރުގަދަ ކޮށްދިންކަމަށްޓަކައި، ޑިމޮކްރަސީގެ އެންމެ ކުރީގައި އުޅުއްވާ ރައީސް ސޯލިހާއި ނަޝީދަށް ބޮޑުވަޒީރު ރަނިލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

 

މިއަދު އޮންލައިން