މީހުން މެރުން ހުއްޓުވޭނީ ރިޟްވާނުގެ ނަމުގަ ވަގު ޕާސްޕޯޓެއް ހަދަން އަމުރުކުރި އެމީހާވެސް ހައްޔަރުކޮށްގެން: މެންބަރު އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މީހުން މެރުން ހުއްޓުވޭނީ ރިޟްވާނުގެ ނަމުގަ ވަގު ޕާސްޕޯޓެއް ހަދަން އަމުރުކުރި އެމީހާވެސް ހައްޔަރުކޮށްގެން: މެންބަރު އިބްރާހީމް ރަޝީދު

މަރާލާފައިވާ އަހުމަދު ރިމްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން މަސަތްކަތް ކުރީ ކާކު ކޮންބައެއް ގެ އަމުރަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށާއި އަދި އެ އަމުރުކުރި ބައަކު ވަގުތުން ހައްޔަރުކުރަންވެސް ޖެހޭނެ ކަމަށާއި ނޫނީ މީހުން މެރުން ދެން ނުހުއްޓުވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

 

އިބްރާހީމް ރަޝީދު މިމޭރުމުން ވިދާޅުވީ "ގޭގާ މަޑުކުރަން އެންގުމަކުން ނުފުދޭ، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް ހައްޔަރުކުރަންޖެހޭ!

އަދި މިދެ ފުލުހުންނާ ހިސާބުން މިކަމެއް ނުނިމޭ، ދެ ފުުލުހުންގެ ސުޕަވައިޒަރާއި، އޭރުގެ އިނޓެލިޖެންސްގެ ވެރިޔާ އާއި، އޭރުގެ ކޮމިޝަނަރާއި، އޭރުގެ ހޯމް މިނިސްޓަރުވެސް ޒިންމާ ނަގަންޖެހޭ!" ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މިއަދު އޮންލައިން