އައްޑުސިޓީގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 48ސ
އައްޑުސިޓީގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުން ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އައްޑުސިޓީގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރާ އިރު، 4 ބެޑްމިންޓަން ކޯޓު އެކުލެވޭނެއެވެ.

ޔޫތް މިނިސްޓްރީން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރަނީ އައްޑޫ ކައުންސިލާއި އައްޑޫ ރައްޔިތުންގެ ހިއްސާ އޮންނަ 'އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ' (އޭޕީސީ) އިންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މެއި މަހު ހަވާލުކުރި މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މި ކޮމްޕްލެކްސް ހެދުމަށްފަހު އެތާނގައި ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅެވޭނެ ކަމަށެވެ.

މިއަދު އޮންލައިން