އައްޑޫ ސިޓީގައި 2011 ވަނަ އަހަރު މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި އައްޑޫ ހައި ސްކޫލުގައި ދެބުރީގެ މަލްޓި ޕާޕަސް ހޯލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިކަމާގުޅިގެން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަބީ ޓެންޑަ ބޯޑުން މިމަސައްކަތް ހަވާލުކުރީ 8 މިލިއަން ރުފިޔާގެ އަގަކަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާކަމަށާއި މަސައްކަތް ނިންމުމަށް އެކުންފުންޏަށް 210 ދުވަސް ދީފައިވާކަމަށެވެ.
އްޑޫ ހައި ސްކޫލުގައި ގިނައަދަދެއްގެ ކުދިން ކިޔަވަމުން ދާއިރު ހޯލެއް ނެތުމުގެދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ.