މިއަހަރުގެ ދިރާގު ރޯޑު ރޭހުގައި ބޭނުންކުރާ މެޑަލް ދައްކާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މިއަހަރުގެ ދިރާގު ރޯޑު ރޭހުގައި ބޭނުންކުރާ މެޑަލް ދައްކާލައިފި

މިއަހަރުގެ ދިރާގު ރޯޑު ރޭހުގައި ބޭނުންކުރާ މެޑަލް ދައްކާލައިފިއެވެ.

މެޑަލް ދައްކާލާފައިވަނީ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފެވެ.

އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ ރޯޑުރޭހުގައިވެސް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން ވަނީ ހުމަނާފައެވެ.

އެހެންނަމަވެސް 10 ކިލޯމީޓަރުގެ ދުވުން މިއަހަރު އޮންނާނީ ހެނދުނުއެވެ. އަދި 5 ކިލޯމީޓަރުގެދުވުން އޮންނާނީ ހަވީރުއެވެ.

މި މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މިދުވުމުގެ 10 ކިލޯމީޓަރުގެ ދުވުން ފަށާނީ ހެނދުނު 6 ޖަހާއިރުއެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން ފަށާނީ ހަވީރު 16:30ގައެވެ.

މިއަހަރުގެ ރޭހުގައިވެސް 4000 މީހުންނަށް ބައިވެރިވާން ފުރުޞަތު ހުޅުވާލުމުން ޖާގަ އެހުރިހާ ޖާގައެއްވަނީ ފުލްވެފައެވެ.

މިއަދު އޮންލައިން