ޗައިނާ ސަޕޯޓަރުން ނަށް ރާއްޖެއިން އަދާކުރި މެހްމާންދާރީއަށްޓަކާ ސަފީރު ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ޗައިނާ ސަޕޯޓަރުން ނަށް ރާއްޖެއިން އަދާކުރި މެހްމާންދާރީއަށްޓަކާ ސަފީރު ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފި

ރޭ ގަލޮޅު ރަސމީ ދަނޑުގައި ރާއްޖެ އާއި ޗައިނާ ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗަށް ޗައިނާއިން ރާއްޖެ އައި އެތައް ސަތޭކަ ސަޕޯޓަރުންނަށް ރާއްޖެއިން އަދާކޮށްފައިވާ މެހްމާންދާރީއަށްޓަކައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާނަގ ލިޒޯންގ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވައިފިއެވެ. 

ސަފީރު ވިދާޅުވީ ދެ ޓީމުންވެސް ރޭ ގެނެސްދިފައިވަނީ އުފާވެރި ވަގުތުކޮޅެއް ކަމަށެވެ. 

ސަފީރު ވަނީ ރާއްޖޭގެ ރަހްމަތްތެރިންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.

ރޭގެ މެޗް ވަނީ ޗައިނާގެ ސީސީޓީވީ 5 ޗެނެލުން ލައިވްކޮށް ދައްކައިފައެވެ. އެކަމުގެ ސަބަބުން ޗައިނާގައި ރާއްޖެ ވަނީ ވަރަށް ބޮޑަށް އިޝްތިހާރުވެފައެވެ.

 

މިއަދު އޮންލައިން