މަޖިލިހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް އަނދުން ހުސެއިން ހާޒިރުވެވަޑައިގެންނެވި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 34ސ
މަޖިލިހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް އަނދުން ހުސެއިން ހާޒިރުވެވަޑައިގެންނެވި!

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ (އަނދުން ހުސެއިން) މަޖިލިހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑަައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިހުން އާންމު ކުރި 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ހާޒިރީގައިވާ ގޮތުން އެ ދައުރުގައި ބޭއްވި 47 ޖަލްސާގެ ތެރެއިން ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި އަނދުން ހުސެއިން ވެސް ވަނީ ހިމެނިވަޑައިގެންފައެވެ.

މަޖިލިހުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައި ވަނީ އެންމެ 35 މެންބަރެކެވެ.

މިދިޔަ ދައުރުގައި 47 ވަނަ ޖަލްސާ ބޭއްވުމަށް ފަހު، މަޖިލިހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަނީ ވަޑައިގެންފައެވެ.

 

މިއަދު އޮންލައިން