އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މާލެ ގެންނަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މާލެ ގެންނަނީ!

މިއަދު ހަވީރު އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި މީހާ މިރޭ މާލެ ގެނައުމުގެ މަސައްކަތްފަށައިފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. 

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބުނީ މިއަދު ހަވީރު 17:55 ހާއިރު ކަމަށާއި މިއެކްސިޑެންގައި އަނެއް ސައިކަލްގައި ތިބީ ދެމީހުން ކަމަށާއި، ސައިކަލް ދުއްވީ ލައިސަންސް ނޯންނަ 17 އ. ގެ ކުއްޖެއް ކަމަށެވެ.

މިހާދިސާ ހިނގުމުން މިމީހުން އެވަގުތު ވަނީ ފިލާފައެވެ. ނަމަވެސް މިމީހުން ހޯދާފައިވަނީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަތަނުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

  

މިއަދު އޮންލައިން