އަލިފާނުގެ ހާދިސާގައި ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ހާލުގަ ޖެހުނު: ޑިޒާސްޓާރ މެނޭޖްމެންޓް

ކިޔުމަށް ހޭދަވާނީ 1މ 21ސ
އަލިފާނުގެ ހާދިސާގައި ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ހާލުގަ ޖެހުނު: ޑިޒާސްޓާރ މެނޭޖްމެންޓް

ހެންވެރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޭ އަލިފާން ރޯވެގެން ހިނގާދިޔަ ހިތާމަވެރި ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޑީއެމްއޭ) އިން ބުނެފިއެވެ.

 

އެއޮތޯރިޓީން ބުނީ އެ ހުރިހާ ފަރާތްތަކަކަށް ވެސް އެހީތެރިވަމުން އަންނަ ކަމަށާއި ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން އިމާދުއްދީން ސްކޫގައި ވެސް ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ހާއްސަ މަރުކަޒެއް ގާއިމްކޮށްފައި ކަމަށެވެ. އެ މަރުކަޒުތަކަށް އާއްމުންގެ އެހީތެރިކަން ވެސް ދިޔައީ ލިބެމުންދިޔައިރު، އެތަނުގައި ތިބި މީހުން ލާނެ އަންނައުނާއި ކާނެ އަދި ބޯނެ އެއްޗެހިވެސް ބައެއް އާއްމުން ފޯރުކޮށްދީފައިވާކަން ވެސް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ފާހަގަ ކޮށްފައެވެ.

 

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޭ ހާލުގައި ޖެހިގެން 443 މީހުން ގެނެވުނު ކަމަށެވެ. އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

 

މީގެއިތުރުން ހިސާން ވިދާޅުވީ ވަގުތީ ކޭމްޕްގައި ބައެއް ބިދޭސީންވެސް ތިބި ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ބިދޭސީންނާއި ވެރިފަރާތުން ހަވާލުވެފައިވާއިރު 59 ބިދޭސީންއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

 

ހާލުގައި ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން އާއިލާ މީހުންގެ ކައިރިއަށް ގޮސްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ. އާއިލާތަށް ކައިރިއަށް ބަދަލުވެފައިވާ މީހުންގެ ހާލަތުވެސް ކައިރިން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ

މިއަދު އޮންލައިން