ޕިއްޒާ ބޯނާއިން ފުލުހުންނަށް ހިލޭ ޚިދުމަތް ދިނުމުން ފުލުހުން ޝުކުރު އަދާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ޕިއްޒާ ބޯނާއިން ފުލުހުންނަށް ހިލޭ ޚިދުމަތް ދިނުމުން ފުލުހުން ޝުކުރު އަދާކޮށްފި

ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ޕިއްޒާ ބޯނާއިން ފުލުހުންނަށް ހިލޭ ޚިދުމަތް ދިނުމުން ފުލުހުން ޝުކުރު އަދާކޮށްފިއެވެ. ފުލުހުން ބުނީ ގިނަ ވަގުތުތަކެއްގައި ޚިދުމަތުގައި އުޅުނު ފުލުހުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ކުރި ކަމަށެވެ. އަދި އެކަމަށްޓަކައި އެތަނުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޕިއްޒާ ބޯނާ އިން ވަނީ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެތަނުން ޢާންމުންނަށް ޚިދުމަތް ދިނުން ހުއްޓާލައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް ހިލޭ ޚިދުމަތް ދީފައެވެ.

މިއަދު އޮންލައިން