މާލޭގެ ބޮޑު ސަރަހައްދެއްގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މާލޭގެ ބޮޑު ސަރަހައްދެއްގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަނީ!

މާލޭގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހަދައި ބޮޑު ސަރަހައްދެއްގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ތޮއްޖެހި ހިތާމަވެރި ހާދިސާތައް ހިންގުން މަދު ކުރުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އިތުރަށް ޖާގަ ދިނުމަށް މާލޭގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހަދައި ބައެއް މަގުތަކުގައި ޕާކް ކުރުން މަނާ ކުރެވޭ ގޮތަށް އުސޫލުތައް ހަމަޖައްސާނެ ކަމަށާއި އަދި މާލޭގެ މަގުތައް ޑިޒައިން ކުރެވޭއިރު ވަރަށް ބޮޑު ސަރަހައްދެއްގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާނަން މަސައްކަތް ކުރަމުންދާކަމަށެވެ.

ޝިފާ ވިދާޅުވި މާލޭގައި އިތުރަށް ވެހިކަލް ދުއްވާނެ ޖާގައެއް ނެތް ކަމަށާއި ކައުންސިލުން މިހާރު ނިންމާފައި ވަނީ މާލެއަށް އެތެރެ ކުރާ ވެހިކަލްތައް ލިމިޓް ކުރުމަށް ސަރުކާރުގައި އެދުމަށް ކަމަށެވެ.

މީގެއިތުރުން މާލޭގައި ބަސް ދުއްވުމަށްޓަކައި މަޖީދީ މަގުގައި ވެސް ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ހަމަޖައްސަން ވިސްނަމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މަޖީދީ މަގުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ހަމަޖެއްސުމުން ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި ބަސް ދަތުރުކުރުމަށް މާލޭން ޖަގާ ލިބިގެންދާނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

  

މިއަދު އޮންލައިން