ޓެރަރިޒަމްގެ ޤާނޫނުގަ ރާއްޖޭގަ އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ހުރަސް އެޅޭނެ ކަންކަން އެބަހުރި: މެންބަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޓެރަރިޒަމްގެ ޤާނޫނުގަ ރާއްޖޭގަ އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ހުރަސް އެޅޭނެ ކަންކަން އެބަހުރި: މެންބަރުން

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނުގައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ކުރަން ހުރަސް އެޅޭނެ ކަންކަން އެބަހުރިކަން މަޖިލީހުގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.

ބައެއް މެންބަރުން ވިދާޅުވީ ބޭނުމަކީ ޓެރަރިޒަމް ހުއްޓުވުން ކަމަށްވާނަމަ މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ނުކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އިތުރު ޤާނޫނެއް ހަދައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ކުރަން ހުރަސް އެޅޭނެ ކަންކަން ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައެއް މެންބަރުން މަޖިލީހުގައި މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ވަގުތެއްގައިކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގެ ދިނީ ޢިލްމުވެރިންގެ ކިބައިގައި ތަފާތު ދޮގު އިލްޒާމްތައް އަޅުވަމުން ގެންދާއިރު މިހައިތަނަށް ކޮށްފައިވާ އެއްވެސް ތުހުމަކީ ޙަޤީޤަތެއްކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ

މިއަދު އޮންލައިން