ޓެރަރިޒަމްގެ ބިލް ދިރާސާ ކުރާ ކޮމިޓީއަށް ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން މިރޭ ހާޒިރުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ޓެރަރިޒަމްގެ ބިލް ދިރާސާ ކުރާ ކޮމިޓީއަށް ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން މިރޭ ހާޒިރުކުރަނީ!

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ދިރާސާ ކުރާ ކޮމިޓީއަށް ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން މިރޭ ހާޒިރު ކުރަން އެޖެންޑާކޮށްފި އެވެ.

ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 08:00 ގައި އޮތް ބައްދަލުވުމަށެވެ. ކޮމިޓީއަށް މިރޭ އެޓާނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ފުލުހުން އަދި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރު ކުރާނެ އެވެ.

މި ބިލް ދިރާސާ ކުރަމުން ދަނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ. 

 

މިއަދު އޮންލައިން