ރިލްވާން މައްސަލައިގައި ފުލުހުންގެ އިޙުމާލެއް އޮތްތޯ ބެލުމަށް އެންއައިސީ، ކޮމިޓީއަށް ހާޒިރު ކުރަނީ

ކިޔުމަށް ހޭދަވާނީ 58ސ
ރިލްވާން މައްސަލައިގައި ފުލުހުންގެ އިޙުމާލެއް އޮތްތޯ ބެލުމަށް އެންއައިސީ، ކޮމިޓީއަށް ހާޒިރު ކުރަނީ

މިނިވަން ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ކަމަށްވާ 241 ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފިއެވެ.

ނޫސްވެރިޔާ ރިލްވާން ރަހީނުކޮށް، ގެއްލުވާލާ އަދި އޭނާ މަރާލާފައިވާ ކަމަށް ބުނާ މައްސަލައިގައި ހިނގާދިޔަ ކަންތައްތައް 241 ކޮމެޓީން ބަލަމުން އަންނައިރު، އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއްވެފައިވޭތޯ ބަލާފައިވާތީ، އެކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

މިމައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެކޮޓީއަށް އެންއައިސީގެ މެމްބަރުން ހާޒިރުކުރަން ނިންމިއިރު، އެންއައިސީން ބުނެފައިވަނީ ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެންއައިސީން މިހެން ބުނެފައި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައިގެ ޖަވާބުގައެވެ.

 

 

މިއަދު އޮންލައިން