"ސިހުރު ބާޠިލުކުރުމުގެ ނަމުގައި ބިސް ފަދަ ތަކެތީގައި ކީރިތި ޤުރުއާން ލިޔެ، ކައި ހެދުމެއް ނެތެވެ. ނަމަވެސް ފެނަށް ކީރިތި ޤުރްއާން ކިޔަވައިގެން ބުއިމަކީ ކުރަން އޮތް ކަމެކެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ސިހުރު ބާޠިލުކުރުމަށް ފެނަސް ކިޔަވައިގެން ބުއިމަކީ ކޮން ކަހަލަ ކަމެއްތޯ؟" އާއި އަދި "ބިސް ފަދަ ތަކެތީގައި ކީރިތި ޤުރްއާނުގެ ތަންތަންކޮޅު ލިޔެގެން ކެއުން ހުއްދަވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
ފެނަށް ކިޔެވުމަކީ ފުޅިއެއް ފަދަ ކަންވާރަކަށް ފެންއެޅުމަށްފަހު ފެނުގައި އިނގިލީގެ ކުރި ޖައްސައިގެން އިނދެ ޞިހުރު ޞާޠިލުކުރާ އާޔަތްތައް ކިޔެވުމެވެ. މިއީ އަމިއްލައަށް ވެސް ކުރެވޭނެ ކަމެކެވެ. އަމިއްލައަށް ކުރެވޭނަމަ ރަނގަޅީވެސް އަމިއްލައަށް ކުރުންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.