"އެންމެ ބޮޑު ތަރައްޤީއަކީ އޭރަކު ބާރު އޮތް ކޮޅަކަށް ރަނގަޅު ވާހާ ގޮތަށް ޙުކުމް ކުރެއްވުން ހުއްޓާލެއްވުން.": ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
"އެންމެ ބޮޑު ތަރައްޤީއަކީ އޭރަކު ބާރު އޮތް ކޮޅަކަށް ރަނގަޅު ވާހާ ގޮތަށް ޙުކުމް ކުރެއްވުން ހުއްޓާލެއްވުން.": ޑރ. އިޔާޟް

އެންމެ ބޮޑު ތަރައްޤީއަކީ ފަނޑިޔާރުން އިންޞާފުވެރިކަމާއިއެކު ޙުކުމް ކުރެއްވުން ކަމަށާއި އެއިރަކު ބާރު އޮތް ކޮޅަކަށް ރަނގަޅު ވާހާ ގޮތަށް ޙުކުމް ކުރެއްވުން ހުއްޓާލެއްވުމާއި އިއްޔެ ކުރެއްވި ޙުކުމް އަމިއްލަފުޅަށް މިއަދު އެހެންގޮތަކަށް ބަދަލުކުރައަވަން ޖެހިވަޑައިގަންނަވާ ގޮތަކަށް ޙުކުމް ނުކުރެއްވުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ރޭ ފެށި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ "އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް" ވިދާޅުވުމާއި ގުޅިގެންނެވެ. 

ޑރ. އިޔާޟް ފާހަގަކުރައްވާފައިވާ އެއް މައްސަލައަކީ 1 މައްސލައަކީ ފެބްރުވަރީ 1 ، 2018 ގައި ސްޕްރީމްކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ކުރި ޙުކުމް، ޙުކުމް ކުރި 3 ފަނޑިޔާރުން ފަހުން އެއިރުގެ ސަރުކާރުން ބޭނުންވި ގޮތަށް ބަދަލު ކުރި މައްސަލަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ބައެއް ސިޔާސީ ހައްޔަރީންގެ މައްސަލަތައް ސްޕްރީމް ކޯޓުން ނުވެސް ބެލުމަށްފަހު ފަހުން ބަލައި ޙުކުމް ކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން