ރިޝްވަތުގެ މައްސަލައެއްގަ ކަސްޓަމްސްގެ ސީނިއާ މުވައްޒިފެއް ވަޒީފާއިން ވަކިކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ރިޝްވަތުގެ މައްސަލައެއްގަ ކަސްޓަމްސްގެ ސީނިއާ މުވައްޒިފެއް ވަޒީފާއިން ވަކިކޮށްފި!

ރިޝްވަތުގެ މައްސަލައެއްގަ ކަސްޓަމްސްގެ ސީނިއާ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ މުއާޒް އަލީ ކިޔާ ބޭފުޅެކެވެ.

މުއާޒް ކަސްޓަމްސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ރިޝްވަތު ނަގައިގެން އެމުއައްސަސާގެ އުސޫލުތަކުގެ ތެރެއިން ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު މީޑިއާއަކަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އެމުއައްސަސާގެ ސީނިއާ މުވައްޒިފަކު ވަކި ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލައަކީ މިވަގުތު ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އެކަމާއިގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މުއާޒް އަލީ ރިޝްވަތު ނަގާފައިވަނީ ކޮންކަމަކުން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެކަމް ކަސްޓަމްސަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން