އައިޖީއެމްއެޗްގަ ތިބެން ޖެހޭ މީހުންނަށް ނަމާދުކުރެވޭނެ މިހާރަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަ ޖައްސައިދިނުމަށް ޑރ. އިޔާޟް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އައިޖީއެމްއެޗްގަ ތިބެން ޖެހޭ މީހުންނަށް ނަމާދުކުރެވޭނެ މިހާރަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަ ޖައްސައިދިނުމަށް ޑރ. އިޔާޟް އެދިވަޑައިގެންފި

ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ހުންނަ ނަމާދުކޮޓަރިއަށް ދިއުމަށްވުރެ ކައިރީ މިސްކިތަކަށް ދިއުންވެސް ފަސޭހަކަމަށް ވިދާޅުވެ ކުރިން ވެސް އޮތް ފަދަ ފަސޭހަ ގޮތަކަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނައިބް ރައީސް ފައިޞަލް ނަސީމްގެ އަރިއަހުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެދިވަޑައިގެންފިއެވެ. 

އައިޖީއެމްއެޗްގައި ޖަމާއަތުގައި ނަމާދުކުރަމުން އައި ސަރަހައްދުގައި މަސައްކަތެއް ކުރަމުން ގެންދާތީ އެތަނުގައި ނަމާދުކުރުން ވަނީ ހުޓުވައިފައެވެ. އަދި އެ މަސައްކަތް ނިމި ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭނެ ދުވަހެއް އަދި ހަމަޖެއްސޭނެ ކަމެއްވެސް ނުއެނގޭ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. 

އައިޖީއެމްއެޗުން މިހާރު ވަނީ ވޯޑްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 5 ވަނަ ބުރީގެ 2 ކޮޓަރިއެއްގައި ނަމާދުކުރެވޭނެ އިންތިޒާމް ޖައްސައިދީފައެވެ. 

އައިޖީއެމްއެޗަކީ ގިނަ އަދަދެއްގެ މުވައްޒިފުން އަބަދުވެސް ޑިޔުޓީގައި ތިބޭ ތަނަކަށްވެފައި އެނދުތައް އަބަދުވެސް ފުރިފައި ހުންނަ ހޮސްޕިޓަލަކަށް ވުމުން ޖަމާއަތުގައި ނަމާދުކުރާ ވަގުތުތަކުގައި ނަމާދުކުރާތަން އައީ ފުރެމުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން