ރަސްފަންނު ސަރަހައްދުގައި އުމުރުން 18 އަހަރު ނުވާ ތިން އަންހެން ކުދިންތަކެއްގެ މެދުގައި ރޭ ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީސް މީޑިޔާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ދެ އަންހެން ކުއްޖަކު އެހެން އަންހެން ކުއްޖަކަށް ހަމަލާދޭ މަންޒަރެވެ. ދެ ކުދިންވެގެން ދެން ހުރި ކުއްޖާގައިގާ ތަޅައިގަނެ ބިންމައްޗަށް ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެ ދެކުދިން ހުއްޓުވާފައިވަނީ އެ ސަރަހައްދުގައި ތިބި ޒުވާން ދެ ފިރިހެން ކުއްޖެކެވެ.
މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.