މާލޭގައި ހުންނަ މައްޝޫރު ފޮތި ފިހާރައެއް ކަމަށްވާ ސިންދިތާ ފިހާރައިގެ އޮފީހުގައި ހުންނަ ދެ ތިޖޫރީއެއް ހަލާކު ކޮށްލާ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:07 ހާއިރުއެވެ.
ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކު ކޮށްލާ، އޭގެން 4700 އެމެރިކާ ޑޮލަރާއި 30،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.