އެމްޑީއެންގެ ރިޕޯޓް އިޞްލާޙްކުރިނަމަވެސް ޤާނޫނުތަކާ ޚިލާފްވި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ!: ޑރ. އިޔާޟް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
އެމްޑީއެންގެ ރިޕޯޓް އިޞްލާޙްކުރިނަމަވެސް ޤާނޫނުތަކާ ޚިލާފްވި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ!: ޑރ. އިޔާޟް

ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންއިން ނެރުނު ރިޕޯޓް އަނބުރައި ގެންގޮސް އިސްލާޙްކުރި ނަމަވެސް އެ ޖަމިއްޔާއިން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފްވި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޟް މިއަދު ވިދާޅުވީ އިސްލާމް ދީނަށް، ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް އިސްލާމް ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް އިސްލާމް ދީނުގެ އަޞްލު އޮޅުވާލައި އިސްލާމް ދީނާއިމެދު މީސްތަކުންގެ ހިތުގައި ނަފްރަތު އުފެއްދުވުމަކީ ރާޖޭގައި ކުރެވިގެންވާނެ ކަމެއް ނޫންކަން ޤާނޫނުން ވަރަށް ރަނގަޅަށް އެނގެން އެބަ އޮތް ކަމަށެވެ. އެހެންކަމުން އިސްލާމް ދީނާއިމެދު ވާހަކަތައް ފަތުރަން ޖެހޭނީ މިފަދަ އެއްވެސް މައްލައެއް ކުރިމަތިނުވާނެ ގޮތަށް ކަމަށެވެ. 

"ގާނޫނުގަ އޮތް ގޮތުން އެއްވެސް ފަރާތަކުން ދީނީ ކަމެއްގައި ބަޔާން ނެރޭނަމަ ނެރެން ޖެހޭނީ ދީނީ އިލްމުވެރިންގެ އިރުޝާދު ހޯދައިގެން. އިސްލާމްދީނާ އެއްގޮތަށް. އިސްލާމް ދީނާ ޚިލާފް ލިޔުންތައް ނެރެ އެތައް ބައެއްގެ ހިތްތަކުގައި އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވައި، ޝައިޠާނީ މަސައްކަތްތަކެއް ކޮށްފަ، ކުށްވެރިވާ ހިސާބަށް ދިއުމުން ރިޕޯޓް އަނބުރާ ގެންދިއުމަކުން ނުފުދޭނެ. މާފަށް އެދުމަކުން ވެސް ނުފުދޭނެ. އެގޮތަށް ފުއްދާލައިފިނަމަ ކޮންމެ ދުވަހަކު އޮންނާނީ  އިސްލާމް ދީނާ ދެކޮޅު ރިޕޯޓް ނެރެ ރައްޔިތުން މަގު ފުރެއްދުން. ދައުވާކުރާއިރަށް އަނބުރާ ގެންގޮސް މާފަށް އެދުން. މިއީ މިކަން ކުރެވިގެންވާނެ ގޮތެއް ނޫން." 

އެމްޑީއެންގެ މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހުންނަށް ފޮނުވުމުން މާފަށް އެދުމުން އެނގެނީ އެ ރިޕޯޓް ނެރުނީ ޤަޞްދުގައި އިސްލާމް ދީނަށް ގޮންޖަހައި ގެއްލުން ދިނުމަށް ކަމެވެ. އަދި އެކަން ކުރީ މިކުރަނީ ނުބައި ނުލަފާ އަމަލެއްކަން އެނގިތިބެ ކަމެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނާއިމެދު ނަފްރަތު އުފައްދައި ރާއްޖެއިންއިސްލާމް ދީން ފޮހެލަން ކަމެވެ. 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ކޮންމެ ގޮތަކުން ބެލިނަމަވެސް އެމްޑީޕީ އާއި ސަރުކާރާއި އެމްޑީއެން އަކީ ޗޭނެއްގެ 3 ބޮޅެވެ. އެމްޑީއެންގެ އިސް މެންބަރުން ސަރުކާރުގެ މަތީ މަޤާމުތަކުގަ އާއި ރިޔާސީ ކޮމިޝަންތަކުގައި އެބަތިއްބެވެ. ވީމާ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ ޒިންމާ ސަރުކާރުންވެސް އުފުލަން ޖެހޭނެއެވެ. 

މީޑިއާގެ މިނިވަންކަމުގެ ނަމުގައި ރާއްޖޭގައި އެހެން ދީންތައް ފެތުރުމުގެ މިނިވަންކަން އޮތުމަޚީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ.

މިއަދު އޮންލައިން