ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމުން މާފުކުރުމަކީ އެއްވެސް މީހަކަށް ކުރެވެން އޮތް ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމުން މާފުކުރުމަކީ އެއްވެސް މީހަކަށް ކުރެވެން އޮތް ކަމެއް ނޫން!

"އަޅުގަނޑުމެން މުސްލިމުން އަމިއްލަ ނަފްސަށްވުރެވެސް ނަބިއްޔާ (ޞޢވ) ދެކެ ލޯބިވަމެވެ. ނަބިއްޔާ (ޞޢވ) އަށް ބަދުބަސް ބުނުމަކީ މާފުކުރެވޭނެ ކަމެއް ނޫނެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިބަސްފުޅުން ފުރަތަމަ ޖުމުލަ ބަޔާން ކުރައްވަވާފައި އެވަނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކުރައްވަވާފައިވާތީއެވެ. "ބައްޕަ އާއި ދަރިންނާއި އަދި އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ރަސޫލް (ޞޢވ) ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމަ ނުވާނެ" ކަމަށް އޮތުމުންނެވެ. 

ޑރ. އިޔާޟް ގެ ދެވަނަ ޖުމުލައިގައި "ނަބިއްޔާ (ޞޢވ) އަށް ބަދުބަސް ބުނުމަކީ މާފުކުރެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފައިވަނީ އެފަދަ ކަމެއް ކުރުމަކީ ތައުބާވާން ޖެހޭނެ ކަމަކަށްވާތީއެވެ. މީސްތަކުންނަށް މާފުކުރެވޭނީ އެމީހުންގެ އަމިއްލަ ކަންކަމުގައެވެ. ތައުބާވާން ޖެހޭ ކަންކަމުގައި އޮތީ ތައުބާވުމެވެ. 

ޝަހިންދާ މިހާރުވެސް އެގެންދަނީ ޖަދަލުކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީ އުވާލަން ޖެހޭ ކަމަށް ބުނަމެވެ. މީސް މީހުން ކުރާ ކަންކަން އިސްލާމް ދީނުގައި އަޅުވައި އިސްލާމް ދީން ބަދުނާމް ކުރަމުންނެވެ. ކަން މިހެން ހުރުމުން ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ އިސް ވެރިން ހިންގާފައިވާ މިބޮޑު ޖަރީމާގެ މައްސަލައިގައި މާފުކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ! އޮތީ ތައުބާވެ ފާފަ ފުއްސެވުމަށް އެދުމެވެ. 

ފުރަތަމަ ﷲ ތަޢާލާގެ ޙަޟްރަތުން މާފު އެދުމަށާއި ތައުބާވުމަށް އަލްއުސްތާޛް ޙުސައިން ރަޝީދު އަހްމަދު ގޮވާލައްވާފައި އެވަނީ މި ސަބަބުތަކަށްޓަކައެވެ.

މިއަދު އޮންލައިން