ކޮންމެ ނަމެއް ދިން ނަމަވެސް މިތިބީ އިސްލާމް ދީނުގެ ދިފާޢުގަ ކުރަންޖެހޭ ކަންކަން ނުކޮށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކޮންމެ ނަމެއް ދިން ނަމަވެސް މިތިބީ އިސްލާމް ދީނުގެ ދިފާޢުގަ ކުރަންޖެހޭ ކަންކަން ނުކޮށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން!: ޑރ. އިޔާޟް

ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ދިފާއުކުރަން އަދި ނަގަހައްޓައި ދަމަހައްޓަން ކުރާ މަސައްކަތްތަކަށް ކޮންމެ މީހަކު ކޮންމެ ނަމެއް ދިން ނަމަވެސް މިތިބީ އެމަސައްކަތް ނުކޮށް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.  

ޑރ. އިޔާޟް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިކުރުވަމުން ގެންދާ ގޮންޖެހުންތަކާއި ގުޅިގެން ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތްޕުޅުތަކަކީ ދީނީ މަސައްކަތްތަކެއް ނޫން ކަމަށް އަދި އެއީ ސިޔާސީ މަސައްކަތްތަކެއް ކަމަށް ދައްކަން ކޮންމެ މީހަކު މަސައްކަތްކުރި ނަމަވެސް އެމީހަކު އެ މަސައްކަތްކުރަނީ އިސްލާމް ދީނުގެ ޙައްޤުގައި ނޫން ކަމަށެވެ. އެމީހާ އެ މަސައްކަތްކުރަނީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލައިގެން ފިތުނަ އުފައްދަން ކަމަށެވެ. 

"ދީނީ ޢިލްމުވެރިން ތިއްބެވީ މިކަންކަން ސިޔާސީކުރާކަށް ނޫން. އަޅުގަނޑުމެން މިއަދުވެސް ބައްދަލު މިކުރީ އިސްލާމިކް މިނިސްޓްރީ އާ. އިސްލާމިކް މިނިސްޓްރީ އަކީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް ކުރިއެރުވުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތް. އެކަން ކުރަން ސަރުކާރުން އުފައްދާފަ ހުރި މިނިސްޓްރީ. އަޅުގަނޑުމެން ބޭނުންވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅި ވާގިވެރިވެގެން ކަންކަން ކުރަން މަސައްކަތްކުރަން. އިސްލާމިކް މިނިސްޓްރީ އޮތީ އަޅުގަނޑުމެން، ދީނީ ޢިލްމުވެރިންނާއި ގުޅިގެން މަސައްކަތްކުރަން އިންތިހާއަށް ބޭނުންވެގެން ކަމަސް އިސްލާމިކް މިނިސްޓަރު މިއަދުވެސް ވިދާޅުވި. ދެން ކޮބައިތޯ މިކަމުގަ އޮތް ސިޔާސީ ކަމަކީ. ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރުމަކީ ސިޔާސީ މަސައްކަތެއް ކަމަށް ދެކޭނަމަ އެއީ ސިޔާސީ މަސައްކަތެއް. ނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެއީ ސިޔާސީ މަސައްކަތެއް ކަމަށް ބަލައިގެނެއް ނޫން. އެއީ ﷲ އަށްޓަކައި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ބަލައިގެން. އަޅުގަނޑުމެން މި އަދާކުރަނީ ﷲ ތަޢާލާ އަޅުގަނޑުމެންނާ މަތިކުރައްވަވާފައިވާ މަސްއޫލިއްޔަތެއް." ކަމަށް ބައްލަވައިގެން ކަމަށްވެސް ޑރ. އިޔާޟް ވިދާޅުވިއެވެ.  

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ޢިލްމުވެރިން ވިދާޅުވީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ސަރުކާރުގެ އިދާރާތަކާއި އަދި ދައުލަތުގެ އިސްވެރިންނާއި ވެސް މަޝްވަރާ ކުރައްވައިގެން ކަމަށެވެ. އެހެންކަމުން ބައްދަލުވުންތައް ބާއްވަވަން މަސައްކަތް ކުރައްވަވާނެ ކަމަށެވެ. އެހެންކަމުން ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުޅުތަކުގައި އެއްވެސް ސިޔާސީ ދައުރެއް ކަމަށް ބުނެވޭކަށް ނެތެވެ.  

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް މިއަދު ބާއްވައި އެކުގައި މަޖިލިސްކުރައްވާތަން ފެނުމުން އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް އެކަން ޙަޖަމް ނުކުރެވިގެން ދަނީ ތަފާތު ބަސްތައް ބުނަމުންނެވެ. އެފަދަ މީހުންނަށް ވާގިވެރިވެ ހިތްވަރުދޭ ސިޔާސީ ބައެއް މީހުން މޭކަރައިގެން އުޅޭކަންވެސް ދަނީ ފާހަގަކުރެވެމުންނެވެ.  

މިއަދު އޮންލައިން