"މިރިޕޯޓުގައި ބަސް ބުނެވިގެން ނުވާނެ ކަންކަމަށް ބަސް ބުނެފައިވޭ. ޤުރްއާނާއި ސުންނަތުން ވަކި ގޮތަކަށް ކަމެއް ސާބިތުވެފައި ވީމާ އެއަށް ބަސް ބުނުމަކީ އެއްވެސް މަޚްލޫޤަކަށް ކުރެވޭނެ (ކުރެވިގެންވާނެ) ކަމެއް ނޫން. ވީމާ "ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާ އެކޭ" ނުބުނެވޭނެ!" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައެވެ.
އިސްލާމް ދީނުގައި ދަންނަބޭކަލުންގެ އިޖުމާޢް ބޭނުންވަނީ ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތު ނުވާ ކަންކަމުގައެވެ. ސާބިތުވާ ކަންކަމުގައި އޮތީ ޢަމަލުކުރުމެވެ. ވީމާ އެކަން އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އިސްލާމް ދީން އޮޅުވައިލަން ދައްކާ ޝައިޠާނީ ވާހަކަތަކެކެވެ.
mi report gai bas bunevigen nuvaane kanthah thakah bas bunefai vey. Quran aai Sunnathun vaki gothakah kameh saabith veema eyah bas bunumakee evves makhlooqakah kureveyne kameh noon. veema "dheen dhenevadaigannavaa beyfulhun bahus kuravvaa nukuthaa" ekey nubuneveyne. #BanMDN
— Dr Mohamed Iyaz (@dr_iyaz) October 6, 2019