ޑރ. އިޔާޟް މަޚްލޫފަށް: ޤާނޫނާ ޚިލާފުވުމުން ފިޔަވަޅު ނޭޅިގެން މިއުޅެނީ ޤާނޫނަށްވުރެ އެމްޑީއެން މަތީގަ ތިބީމަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޑރ. އިޔާޟް މަޚްލޫފަށް: ޤާނޫނާ ޚިލާފުވުމުން ފިޔަވަޅު ނޭޅިގެން މިއުޅެނީ ޤާނޫނަށްވުރެ އެމްޑީއެން މަތީގަ ތިބީމަތޯ؟

ރާއްޖޭގައި ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ ޤާނޫނާއި ޚިލާފްވުމުން ވެސް ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އާއިމެދު ފިޔަވަޅު ނުއެޅިގެން މިއުޅެނީ އެ ޖަމިއްޔާ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށްވުރެ މަތީގައި އޮތުމުންތޯ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފް އާއި ސުވާލުކުރައްވައިފިއެވެ. 

"އެމްޑީއެން ވަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފްވެފައި. މި ލާދީނީ ޓެރަރިސްޓް ޖަމާޢަތާއިމެދު ފިޔަވަޅު ނޭޅެން ޖެހޭ ސަބަބެއް ނުވިސްނޭ. ޤާނޫނަށްވުރެ މިބައި މީހުން ތިބީ މަތީގައިތޯ؟"- 

ޑރ. އިޔާޟް ވަނީ އެމްޑީއެން އުވާލަން ޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ މާއްދާތައްވެސް ޓްވީތްގައި ހިމަނުއްވައިފައެވެ. 

އެމްޑީއެންގެ ރިޕޯޓް ފުރިހަމަކޮށްފައިވަނީ މިސަރުކާރުގެ ވެރިކަމުގައި އެ ޖަމިއްޔާއަށް ހުރިހާ ބާރުތަކެއް ލިބިފައިވާކަމަށް ޤަބޫލުކޮށްގެންކަން މިހާރު ވަނީ ހާމަވެފައެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ 2016 ވަނަ އަހަރު ނެރެފައިވަނީ 30 ވަރަކަށް ޞަފްޙާގެ ކުރުކުރު ރިޕޯޓެއް ކަމަށެވެ. 125 ޞަފްހާގެ ފުރިހަމަ ރިޕޯޓް ނެރުނީ ނުވަތަ 125 ޞަފްޙާއަށް ރިޕޯޓް ބޮޑުކޮށް ފުރިހަމަކުރީ މިއަހަރު ކަމަށެވެ. "މިމީހުން ހީކުރީ ޓެރަރިޒަމްގެ ޤާނޫނު އައީމަ ދުނިޔެ ރަންވީއޭ. އެއިރުން އެންމެން (ހުރިހާ ޢިލްމުވެރިން) ބިރުން ފިލާނޭ. ބޭނުން އެއްޗެއް ހެދޭނޭ."

މިއަދު އޮންލައިން