މަޖިލީހުގަ އެމްޑީއެން ރިޕޯޓް ދިފާޢުކުރަން ދޮގުހެދުމުގައި ބައެއް މެންބަރުން ހައްދު ފަހަނައަޅައިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަޖިލީހުގަ އެމްޑީއެން ރިޕޯޓް ދިފާޢުކުރަން ދޮގުހެދުމުގައި ބައެއް މެންބަރުން ހައްދު ފަހަނައަޅައިފަ!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ދިފާއުކުރަން ދޮގު ހެދުމުގައި ހައްދު ފަހަނައަޅައިފައެވެ.

އެ ރިޕޯޓު 2016 ވަނަ އަހަރު ނެރުނު އިރު ނެރެފައިވަނީ 30 ވަރަކަށް ޞަފްޙާ ކަމަށްވެފައި 125 ޞަފްޙާޢަށް ބޮޑުކޮށް ނުރައްކާތެރިކޮށް ފުރިހަމަކުރީ މިއަހަރު ނަމަވެސް ކަނޑިތީމު ދާއިރާގެ މެންބަރު ވަނީ މިކަންކަން އޮޅުވާލައި ކަނޑައެޅިގެން ދޮގުހަދައިފައެވެ. 2016 ގަ ނެރުނީ 125 ޞަފްޙާ ކަމަށާއި މިއަހަރު ނެރުނީ 30 ޞަފްޙާ ކަމަށްބުނެ ކަމުގެ ޙަޤީޤަތް މުޅިން އޮލޫވާލައިފައެވެ.

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު "ޝައިޠާނީ ރިފޯމް ޕޭޕަރސް"ގެ މައްސަލަ ކަމާއިބެހޭ މުއައްސަސާތަކުން ބަލަމުން ގެންދާ ކަމަށާއި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ބުނެ ދޮގު ހެދިއިރު އެ މައްސލަ ބަލަމުން ގެންދާ ކަމަށް ބުނުން ފިޔަވައި އިތުރަށް އެޅި އެއްވެސް ފިޔަވަޅެއް އެނގޭކަށް އަދި ނެތެވެ.

ބައެއް މެންބަރުން ދޮގުހަދަމުން ގޮސް އެމްޑީއެންގެ ރިޕޯޓަކީ އެޖަމިއްޔާގެ އަހަރީ ރިޕޯޓް ކަމަށާއި އެ ރިޕޯޓް 2016 ވަނަ އަހަރު ހޯމް މިނިސްޓްރީއަށް ހުށަހެޅި ކަމަށްބުނެވެސް ދޮގުހަދާފައިވެއެވެ.

 

މިއަދު އޮންލައިން