ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން ބޭފުޅުން ކޮޅަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި މަޝްވްރާ ކުރެއްވެވި ކަންކަމަށް އަވަސް ފުރުޞަތެއްގައި އަމަލީ ސިފަ އައުން އެދިވަޑައިގަންނަވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ ރާއްޖޭގެ އިލްމްވެރުންގެ ބޭފުޅުން ކޮޅަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ޢިލްމުވެރިންގެ އިޙްޞާޞްތައް އަޑުއެއްސެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
"ރާއްޖޭގެ އިލްމްވެރުންގެ ބޭފުޅުން ކޮޅަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، އަޅުގަނޑުމެން (ޢިލްމުވެރިން)ގެ އިޙްޞާޞްތައް އަޑުއެއްސެވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެން (ޢިލްމުވެރިން) ޔަޤީން ކުރަނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކަށް އަވަސް ފުރުޞަތެއްގައި ޢަމަލީ ސިފަ އައިސްގެން ދިއުން." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް