ރަސޫލް (ޞޢވ) ގެ ދިފާއުގައި ޖިހާދުކުރައްވާ މުޖާހިދުންނަށް ޑރ. އިޔާޟް: ނަޞްރު އޮތީ ގާތުގައިކަން މިއާޔަތުން ދޭހަވޭ! ހިތްވަރުކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަސޫލް (ޞޢވ) ގެ ދިފާއުގައި ޖިހާދުކުރައްވާ މުޖާހިދުންނަށް ޑރ. އިޔާޟް: ނަޞްރު އޮތީ ގާތުގައިކަން މިއާޔަތުން ދޭހަވޭ! ހިތްވަރުކޮށްލައްވާ!

އަޚުންނޭވެ! ރަސޫލާ (ޞޢވ)ގެ ދިފާޢުގައި ތެދުވެވަޑައިގެން ބާރަށް ކުރިއަށް މަސައްކަތް ކުރިއަށް ގެންދަވާށެވެ. ފުރައްސާރަކުރާ މީހުންނަށް ބަލާނެ ކަމެއް ނެތެވެ. އެމީހުން އެ އުޅެނީ އެމީހުންގެ ހެޔޮ އަމަލެއް ހުރިނަމަ އެއަމަލެއް އަޅުގަނޑުމެންނަށް ހަދިޔާކުރާ ހިތުންނެވެ. 

މިޒަމާނަކީ ނަބިއްޔާ އިންޒާރު ދެއްވި ފިތުނަވެރިކަން ބޮޑު ޒަމާނެވެ. މިޒަމާނަކީ ހެނދުނު އީމާންކަން މަތީގައި ހުންނަ މީހާ ހަވީރުވާއިރު ކުފުރުވެފަ، ރޭގަނޑު އީމާންކަން މަތީ ހުންނަ މީހާ ހެނދުނުވާއިރު މުރުތައްދުވެފަ ތިބޭ މީހުން ގިނަ ޒަމާނެވެ. 

ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރި އެއްވެސް މީހަކާއިމެދު ހަމްދަރުދީވުން އެއީ އަހަރެމެން ނުދަންނަ ކަމެކެވެ. ނުވަތަ ދަންނަ ކަމެއް ނޫނެވެ. ވީމާ ބުނާ ބަސްތަކަށާއި ކުރާ އަމަލުތަކަށް ރައްކައުތެރިވާށެވެ! ކުފުރު ދިފާޢު ކުރުމަކީވެސް ކުފުރެކެވެ. 

ރަސޫލް (ޞޢވ)ގެ ދިފާއުގައި ޖިހާދުކުރައްވާ މުޖާހިދުންނޭވެ! ނަޞްރު އޮތީ ގާތުގައިކަން މިއާޔަތުން ދޭހަވެއެވެ. ހިތްވަރުކޮށްލައްވާށެވެ! 

"ތއަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލުތައް ތިއަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް، ތިއަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިއަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިއައެވެ. ރަސޫލާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާން ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ﷲ ގެ ނަބްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲ ގެ ނަޞްރު ވަނީ ދާދި ގާތުގައެވެ." (ބަޤަރާ ސޫރަތުގެ 114) 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން