ކޮންމެ ދުވަހަކު އެނގި އިތުރަށް ޔަޤީންވަމުން މިދަނީ ދީނުގެ ދިފާޢުގައި ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރަން ޖެހޭކަން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކޮންމެ ދުވަހަކު އެނގި އިތުރަށް ޔަޤީންވަމުން މިދަނީ ދީނުގެ ދިފާޢުގައި ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރަން ޖެހޭކަން: ޑރ. އިޔާޟް

"މަސައްކަތެއް ނުކޮށް އަތް އުރާލައޮގެން ތިއްބައި ކާމިޔާބެއް ނުވާނެއެވެ. ކާމިޔާބު ލިބޭނީ ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ވީމާ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު އެނގި އިތުރަށް ޔަޤީންވަމުން މިދަނީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ދީނުގެ ދިފާޢުގައި ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރަން ޖެހޭކަމެވެ."—ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގެ ހާލަތު ބަޔާންކުރަން ނެރުނު ރިޕޯޓެއް ކަމާއި އެކަންކުރި މީހުންގެ ނިޔަތް އިސްލާމް ދީނާއިމެދު ވަރަށް ސާފު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރަން، ގޮން ޖަހަން އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރަން އެ ބަޔާނުގައި ލިޔެ ޝާއިޢުކޮށްފައިވާ ލިޔުންތައް ރައީސް ނަޝީދު ގުޅުއްވީ ރިޕޯޓް ނެރުނު ކުދިން ކިޔެވި ޔުނިވަރސިޓީތަކުން ތަރުޖަމާކުރަން ދަސްކޮށްދިން ގޮތާއިއެވެ.

މިއަދު އޮންލައިން