އާމްދަނީން ޓެކްސް ނެގުމުގެ ބިލް މަޖިލީހަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އާމްދަނީން ޓެކްސް ނެގުމުގެ ބިލް މަޖިލީހަށް ފޮނުވައިފި

އާމްދަނީން ޓެކްސް ނުވަތަ އިންކަމް ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ. އަދި މިބިލްގެ ފުރަތަމަ ކިޔުން ވެސް މިއަދު ވަނީ އިއްވާފަ އެވެ.

އާމްދަނީން ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިން ގިންތިއަކުންނެވެ. އެގޮތުން 40،000 ރުފިޔާ އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި 60،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އާމްދަނީން ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

 

މިއަދު އޮންލައިން