ސަރުކާރުގެ ނިންމުމަށް ޑރ. އިޔާޟްގެ ރައްދެއްބާ؟ އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ ޣާފިލްވެ ވޮޑިގެނެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސަރުކާރުގެ ނިންމުމަށް ޑރ. އިޔާޟްގެ ރައްދެއްބާ؟ އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ ޣާފިލްވެ ވޮޑިގެނެއް ނުވޭ!

އަނިޔާވެރިން ކުރާ ކަންތަކާއިމެދު، ﷲ ޣާފިލްވެ ވޮޑިގެން ނުވާކަން ބަޔާން ކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިބްރާހީމް ސޫރަތުގެ 42 ވަނަ އާޔަތް ޓްވީޓް ކުރައްވައިފިއެވެ. 

"އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (އިބްރާހީމް: 42) 

ޑރ. އިޔާޟް އިތުރު ތަފްޞީލެއް ދެއްވަވާފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން މިއަދު ވަނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި މައްސަލަތައް ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެއްވުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ދީނީ ޢިލްމުވެރިންގެ "އަނގަމަތީގައި އަތް އަޅައިފަ" އެވެ. 

އެ ރިޕޯޓާއިމެދު އެންމެ ގިނަ ކަންކަން ހާމަކުރައްވަމުން ގެންދަވަނީ ޑރ. އިޔާޟް އާއި ޝައިކް އަލީ ޒައިދު ފަދަ ބޭފުޅުންނެވެ. މިއަދު މެންދުރުފަހު އީމެއިލް މެދުވެރިކޮށް އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އެ އެންގުމުގައި ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ. 

އީމޭލްގައި ބުނެފައިވަނީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އަންނަ ކަމަށާއި އެމްއެންޔޫގެ މުދައްރިސުންނަކީ، ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރާ ބައަކަށް ވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންތައްތައް ތަކުރާރުވަމުން ދިއުމަކީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭ ކަމެއް ކަމަށެވެ.

އެހެންކަމުން، ޤައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބައަކު އަނެއް ބައަކާއިމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިއާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް ވެސް ޙަސަން ހަމީދު ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން