ޑރ. އިޔާޟް ރައީސް ޞާލިޙަށް!: "ތިއަ ކުރައްވަނީ އަނިޔާ! - އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވޭ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޑރ. އިޔާޟް ރައީސް ޞާލިޙަށް!: "ތިއަ ކުރައްވަނީ އަނިޔާ! - އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވޭ!"

ރާއްޖެ ފަސާދަކުރަމުންދާ އިސްލާމް ދީނުގެ ޢަދުއްވުންނާއިމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިޞްލާޙަށް މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމަކީ އަނިޔާއެއް ކަމަށާއި އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޓްވީޓެއް ކުރައްވައިފިއެވެ.  

"ފަސާދަކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިޞްލާޙަށް މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމަކީ އަނިޔާއެއް. އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވޭ!." 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް"ގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވަން ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އިން ޢިލްމީ ޙަޤީޤަތް ހާމަކުރެއްވުން ހުއްޓުވަން އެމްއެންޔޫއިން މިއަދު ފިޔަވަޅުއެޅުމުންނެވެ. 

އެމްއެންޔޫގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު މިއަދު އެ ޔުނިވަރސިޓީގެ ލެކްޗަރަރ އިންނަށް އަނގަވާފައިވަނީ "ޤައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބައަކު އަނެއް ބައަކާއިމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިއާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ" ކަމަށެވެ. 

މިފަދަ އަމުރެއް މި ނެރުއްވީ ރައްޔިތުންގެ ކިހައިބައެއްގެ ތާއީދު އެކަމަށް އޮތްކަން ބެލުމަށްފަހުގައިކަން ހާމަކޮށްފައެއް ނުވެއެވެ. އެހެނީ މިހައިތަނަށް ކުރި ހުރިހާ ދިރާސާތަކުން ވެސް އެނގިފައިވަނީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތު ތާއީދު ކުރަނީ އިސްލާމް ދީން ރާއްޖެއިން ފުހެލަން މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ކަމެވެ. 

މިއަދު މެންދުރުފަހު އީމެއިލް މެދުވެރިކޮށް އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އެ އެންގުމުގައި ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ. 

މިފަދައިން ބުނެފައިވާއިރު މުޖުތަމައު ހަލަބޮލިކުރަމުން ގެންދަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުތަކާއި ޚިލާފަށް ހަރަކާތްތެރިވާ މީހުންކަން ސާބިތުވާއިރުވެސް އެއިން އެއްވެސް މީހަކާއިމެދު އަދި މިހައިތަނަށް އެޅި އެއްވެސް ފިޔަވަޅެއް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން