ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ފައްޅި (ޗާޗް) ހޯދަން ނޫން ކަމަށާއި ވީމާ އެމީހުން ހިތްހަމަ ޖެއްސުމުގެ ނަމުގައި ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ނަގައިލަން އެއްވެސް މަސައްކަތް ނުކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާތްކުރަނީ ރާއްޖެއަކީ އެންމެ ފައްޅިއެއްވެސް ނެތް ޤައުމެއްކަން ވަރަށް ރަނގަޅަށް އެނގިތިބެއެވެ. ވީމާ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ފަތުރުވެރިއަކުވެސް ރާއްޖޭގައި ފައްޅިއެއް ނެތިގެން އެއްވެސް ޝަކުވާއެއް ނުކުރެވެއެވެ.
1972 ވަނަ އަހަރު އެންމެ 5 ވަރަކަށް ފަތުރުވެރިން ރާއްޖެ އައިސް ފެށި ފަތުރުވެރިކަމަށް 50 އަހަރު ފުރެން ދާދި ގާތްވެފައިވާއިރު އަހަރަކު 2 މިލިއަން ފަތުރުވެރިންނަށް މިއަދު ވަނީ އަމާޒު ހިފައިފައެވެ. ހަމަ އެންމެ ފައްޅިއެއްވެސް ނެތިއެވެ. އެހެންކަމުން ފަތުރުވެރިން ބޭނުންވާތީ ކަމަށް ބުނެ ރާއްޖޭގައި ފައްޅި އަޅަން މަސައްކަތް ކުރުމަކީ އެއްވެސް މިންވަރަކަށް ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަން އެނގިގެންދެއެވެ.