ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ބިޝާމް ވަކިކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ބިޝާމް ވަކިކުރަނީ!

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށައިފިއެެވެ.

ޖުޑިޝަރީ ކޮމިޓީން މިމައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އަދި ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިންއެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. 

މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އަދި މަޖިލީހުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.

 

މިއަދު އޮންލައިން