"ކުށްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އެވާހަކަ ދައްކާ މީހުންނަސް އަދަބު ދިނުމަކީ ލާއިންސާނީ ކަމެއް" ކަމަށް ވިދާޅުވެ މިއަދުވެސް އެމްޑީއެން އުވާލަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުވެސް ގޮވާލައްވައިފިއެވެ.
ޑރ. އިޔާޟް އާއި ޝައިޚް ޢަލީ ޒައިދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސޯޝަލް މީޑިއާގައި އެމްޑީއެން އުވާލަން ގޮވާ ނުލަން އިއްޔެ ވަނީ ޤައުމީ ޔުނިވަރސިޓީން އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ އެކަން ކުރުމަކީ ފިތުނަ އުފެއްދުން ކަމަށެވެ.