"ނަބިއްޔާ (ޞޢވ) ގެ ދިފާޢުގައި މަސައްކަތްކުރާ ކުދިން ވަރުބަލިވެގެން ހުއްޓާލާނެ ކަމަށް ހީކުރާ ހީކުރުމަކީ ކުށްހީއެއް! ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދާނަން! އިން ޝާ ﷲ!" –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރާއްޖޭގެ ޢާންމު ޘަޤާފަތަށް ބަލާއިރު ދަރިއަކު މެރި ނަމަވެސް އެކަމުގެ އަހަރުތަކެއް ފަހުން ޝަރީޢަތް ނިމޭއިރު ބައްޕަ ހުންނަނީ އެ ހާދިސާގެ މަތިން ހަނދާން ނެތިފައެވެ. ޤާތިލުގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމް އިއްވީމާ އެކަމާ ދެރަވެސް ވެއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ދިގުދަންމައި މިފަދަ ގޮތެއް މެދުވެރިކުރަން މަސައްކަތްކުރާ ކަމަށް ގިނަ ބަކު ދަނީ ތުހުމަތުކުރަމުންނެވެ. އެހެންކަމުން ޑރ. އިޔާޟް ވިދާޅުވެފައި އެވަނީ އެމްޑީއެންގެ ރިޕޯޓާއިމެދު އެގޮތަށް ކަންތައް ވިޔަ ނުދެއްވާނެ ކަމަށާއި ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.