ސޮނޭވާފުށި ރިސޯޓުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދިރީގެ އުނދަގުލުން ސަލާމްތްވެ ތިބުމަށް އެހީތެރިވުމުގެ ގޮތުން މަޖިލީހުގެ އިދާރާއަށް މަދިރި ކޮންޓްރޯލުކުރާ ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.
އެ ރިޒޯޓުގެ ހިލޭ އެހީ ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ.
މި ބައްދަލުކުރެއްވުމުގައި މިސިސްޓަމްތައް ބޭނުންކޮށްގެން މަދިރި ކޮންޓްރޯލް ކުރުމަށް ސޮނޭވާފުށީގައި ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ސިސްޓަމްތައް މަސައްކަތްކުރާ ގޮތް ދައްކައިލިއެވެ.