ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަޙާޒު އާއި ދިޔާނާ ގެ ނަން މަޖިލީހަށް ފޮނުވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަޙާޒު އާއި ދިޔާނާ ގެ ނަން މަޖިލީހަށް ފޮނުވައިފި!

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަންފުޅެއް ހުށަހަޅުއްވައިފިއެވެ.

ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި މިވަނީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މިއަދު އޮންލައިން