އެމްޑީއެން މީހުން އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރެމުން ދަނީ ޓެރަރިޒަމް ހުއްތުވުމުގެ ނަމުގައި ޤާނޫނެއް ހަދައިގެން އެއިގެ ނިވާފަތްގަޑުގައި ތިބެގެން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ވިދާޅުވީ "މީދާ ހިފަން ދަތިޖަހާ ގޮތަށް ދީނުގެ ދިފާޢުގަ މަސައްކަތްކުރާ މީހުން ހިފަން ހެދި "ޓެރަރިޒަމް ޤާނޫން" އަކީ އެއިގެ ޒާތުގައިވެސް "ޓެރަރިސްޓް" އެއްޗެއް" ކަމަށެވެ.
މީގެ އިތުރުން ބޮޑުން ކުށެއްކުރީމާ މައްސަލައަކަށް ނުހަދާފައި، ނިކަމެތިން ކުށެއް ކުރީމާ އަދަބުދިނުން ވެގެން ގޮސްފައިވަނީ ކުރީގެ އުންމަތްތަކުގެ މީހުން ހަލާކުވި ސަބަބު ކަމަށާއި
އެމްޑީއެންގެ ރިޕޯޓަށް ހިތްވަރުދީ ވާހަކަ ދައްކާ ކޮންމެ މީހަކަށް ތަފާތުކުރުމެއްނެތި އަދަބު ދެވެން ޖެހޭ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.
"އެމްޑީއެން އުވާލާ!"
Meedha higsn dhathi jahaa gothah, Dheenuge dhifaaugai masakkaiy kuraa meehun hifan hedhi "Terrorisom Qaanoon" aky eyge zaathugai ves "Terrorist" echcheh. mi qaanooneh hadhaigen eyge nivaa faiygandu gai thibegen MDN meehun Dheenah furassaara koh report neremun mi dhany.#BanMDN
— Dr Mohamed Iyaz (@dr_iyaz) October 17, 2019