"ތިބާގެ އަޚް ނުވަތަ އަނބިދަރިންކުރެ މީހަކު ބޭނުންވަނީ އަލިފާންގަނޑަކަށް ފުންމައިލާށެވެ! ނުވަތަ އިމާރާތެއްގެ 10 ވަނަ ބުރިން ފުންމައިލާށެވެ! އެ ޙާލަތުގައި އޭނާ އެގޮތަށް ފުންމައިލަން ދޫކޮށްލާނީ ހެއްޔެވެ؟ ނޫން ނަމަ ފުންމާލިއަ ނުދީ ހިފަހައްޓާނީ ހެއްޔެވެ؟
ހިފަހައްޓާނަމަ އެކަން އެކުރަނީ ތިބާގެ ހިތުގައި އޯގާތެރިކަމެއް ނެތިގެން ހެއްޔެވެ؟ ނުވަތަ ތިބާގެ ހިތުގައި އޭނާގެ މައްޗަށް އޮތް އޯގާތެރިކަން ބޮޑުކަމުން ހެއްޔެވެ؟
އިސްލާމް ދީނުން ބޭރުވާ މީހުންނާއިމެދު ފިޔަވަޅު އަޅަން އިސްލާމް ދީނުގައި އޮންނަނީ ނަރަކައިގެ އަލިފާނުން އެމީހާ ސަލާމަތްކުރުމަށެވެ! އެންމެ ފަހު ވަގުތުވެސް ނަރަކައިން ސަލާމަތްކުރަން އެހީތެރިވެދިނުމަށެވެ. އެކަމުން ސާބިތުވަނީ އިސްލާމް ދީނުގެ އޯގާތެރިކަމެވެ."
- ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް