ނިދުމުގެކުރިން މިފަދައިން ޛިކްރުކުރާ މީހަކަށް މަސައްކަތްކުރުމުގެ ވަރުބަލިކަން އިޙްޞާޞްކުރާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނިދުމުގެކުރިން މިފަދައިން ޛިކްރުކުރާ މީހަކަށް މަސައްކަތްކުރުމުގެ ވަރުބަލިކަން އިޙްޞާޞްކުރާކަށް ނުޖެހޭނެ!

ރަސޫލް (ޞޢވ) ގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ގަނޑުވަރުކޮޅުގައި އެކަމަނާއަށް އެހީތެރިވެދެއްވާނެ މީހަކަށް ބޭނުންފުޅުވެގެން ޢައިޝަތުގެފާނު މެދުވެރިކުރައްވައި އެކަން ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. އެއީ އެކަމަށް އެދިވަޑައިގަންނަވަން ފާޠިމަތުގެފާނު ވަޑައިގެންނެވިއިރު ރަސޫލް (ޞޢވ) ގަނޑުވަރުކޮޅުގައި ނުއުޅުއްވަވާތީއެވެ. 

ރަސޫލް (ޞޢވ) ގަނޑުވަރުކޮޅަށް ވަޑައިގަތުމުން ޢައިޝަތުގެފާނު އެޚަބަރު ދެއްވެވުމުން ރަސޫލް (ޞޢވ) ފާޠިމަތުގެފާނު ދިރިއުޅުއްވަވާ ގަނޑުވަރުކޮޅަށް ވަޑައިގެން ފާޠިމަތުގެފާނާއި ޢަލީގެފާނުގެ މެދުގައި އިށީނދެވަޑައިގެން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ދަރިކަނބަލުން އެދިވަޑައިގެންނެވި ކަމަށްވުރެ މާރަގަޅު ކަމެއް ބަޔާންކޮށްދެއްވަން ހެއްޔެވެ؟ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން سُـبْـحَـانَ ٱلله 33 ފަހަރު، ٱلْـحَـمْـدُ للهِ  33 ފަހަރު އަދި الله أكبر 34 ފަހަރު ވިދާޅުވާށެވެ."

މީސްތަކުންނޭވެ! ބޭނުންވަނީ ހަކަތަ ނޫން ހެއްޔެވެ؟ މިފަދައިން ޛިކްރުކޮށްފި މީހާއަށް އަނެއް ދުވަހު މަސައްކަތްކުރާނެ ހަކަތަ ﷲ ތަޢާލާ ދެއްވަވާނެތެވެ. ރެޑްބުލް ފަދަ އެނަޖީ ޑްރިންކް ބޯކަށްވެސް ނުޖެހޭނެއެވެ. މިހުންނަނީ ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ.

- ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން