ﷲ ވޮޑިގެންނުވާކަމަށް ބުނަމުން އައި ދިވެއްސަކު ކަލަކު ވޮޑިގެންވާ ކަމަށް އިޢްތިރާފްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ﷲ ވޮޑިގެންނުވާކަމަށް ބުނަމުން އައި ދިވެއްސަކު ކަލަކު ވޮޑިގެންވާ ކަމަށް އިޢްތިރާފްވެއްޖެ!

ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނަމުން އައި މީހެކެވެ. ކީރިތި ޤުރްއާންވެސް ޤަބޫލު ނުކުރާ ކަމަށް ބުނަމުން އައި މީހެކެވެ. އޭނާ އާއި މިއަދު ބަދަލުކުރެވުނު ޓްވީޓްތަކެއްގައި އޭނާ އާއި ސުވާލުކުރީ ކަންކަމާއި އޭނާ އެހައިވަރަށް ކަންބޮޑުވެގެން އުޅެނީ ކީއްވެގެންތޯއެވެ؟ އޭނާ ގާތު އަލުން އިސްލާމްވުމަށް ބުނަނީ ކާކުތޯއެވެ؟ 

އޭނާ ދައްކަމުން ގެންދިއަ ވާހަކަތަކާއި ގުޅިގެން މިސުވާލުތައް ތަކުރާރުކުރަމުން ގެންދިއުމުން އެންމެ ފަހުން އޭނާ ބުނީ "ﷲ" ކަމަށެވެ. 

މިޖަވާބުން އެނގި ސާބިތުމިވަނީ ﷲ ތަޢާލާ ވޮޑިގެންވާކަން އޭނާ ޤަބޫލުކުރާ ކަމެވެ. އަދި އޭނާއަކީ މުސްލިމަކުކަމުގައިވުމަށް ﷲ ތަޢާލާ އަންގަވާފައިވާކަން އޭނާ ޤަބޫލުކުރާ ކަމެވެ. ނޫން ނަމަ އެ ޖަވާބު ނުދޭނެކަން ބުއްދީގެ ހަމަތަކުން ވިސްނުމުން ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. ﷲ ތަޢާލާ ވޮޑިގެން ނުވާނަމަ އެއްވެސް ކަމެއް ކުރަން ނުވަތަ ނުކުރަން ﷲ ތަޢާލާ އަންގަވާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ އޭނާ ވަކާލާތު ކުރަމުން އެގެންދަނީ ދުނިޔޭގެ ކޮންމެވެސް އެދުމެއްގައިކަން މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. 

މަދު ބައަކު ނަމަވެސް އިސްލާމް ދީނާއި ދެކޮޅުވެގެން މިއުޅެނީ އެމީހުންނަށް އެއްވެސް ކަމެއް ނުއެނގޭތީއެއް ނޫނެވެ. ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި ޙައްޤު ދީނަކީ އިސްލާމް ދީންކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގިތިބެއެވެ. 

ދެވަނައަށް ވެސް ކަމެއް ވަނީ ފާހަގަކުރެވިފައެވެ. އެއީ ހާމަކުރަން މަސައްކަތްކުރީ އިސްލާމް ދީނުގައި ހުރި ކަންކަން ސައިންސުން ސާބިތު ނުކުރެވޭނެ ކަމެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި އެތައް ކަމެއް އެއީ އެންމެ ފުރިހަމަ ގޮތް ކަމާއި އެކަންކަމުގެ އަޞްލަކީ ކީރިތި ޤުރްއާނުގައިވާ ގޮތްކަން މިއަދުގެ ސައިންސްވެރިން ވަނީ ހޯދައިފައެވެ. 

އެކަން ފާހަގަކޮށް ކީރިތި ޤުރްއާނުގެ ޙަޤީޤަތާއި މަތިވެރިކަން އެނގުމުން ސައިންސްވެރިން އިސްލާމްވާ ކަމަށާއި އެ ޙަޤީޤަތްތައް ޤަބޫލުކޮށްގެން އިސްލާމްވި އެއްވެސް ސައިންސްވެރިއަކު އިސްލާމް ދީން ދޫކޮށްފައި ނުވާކަމަށް ބުނުމުން އޭނާ އަށް ދެވުނު ޖަވާބަކީ ސައިންސާއި ސައިންސްވެރިން އެއީ ދެ އެއްޗެއް ކަމެވެ. 

"ސައިންސްގެ ކަންކަން ހޯދަނީ މަޖޫރީންތޯ؟ ނޫނީ ސައިންސް މިކިޔަނީ ސައިންސްވެރިން ހޯދާ ހޯދުންތަކަށް ނޫންތޯ؟" ސުވާލުކުރުމުން ދޭނެ ޖަވާބެއް ނުއެނގުނެވެ. 

ސޯޝަލް މީޑިއާގައި މިފަދަ މީހުން ގެންދަނީ ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނާއިމެދު ޝައްކު އުފައްދަން މަސައްކަތްކުރަމުންނެވެ. އެމީހުން ދައްކާ ވާހަކަތަކަށް ފުރިހަމައަށް ރައްދު ދެވޭނެ ވަރަށް ދީނުގެ މައުލޫމާތު ލިބިގެން ހުރި މީހަކު ނޫނީ އެފަދަ މީހުންނާއި މުޢާމަލާތުކޮށް އެފަދަ އެއްވެސް ކަމެއް ނުކުރުން ވަރަށް މުހިންމެވެ. ނޫން ނަމަ އެމީހުން ދައްކާ ވާހަކަތަކުން މަގު އޮޅުމަކީ ވަރަށް ގާތް ކަމެކެވެ.

މިއަދު އޮންލައިން